Telegram

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުންނާއި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

 

މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާނެ ކަމަށެވެ. އެ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ރާއްޖެއަށް އެފަދަ ތަކެތި އެތެރެކުރާ މިންވަރެއްގެ މައްޗަށް ކަމަށް ވެސް މިނިސްޓަރު ދެއްވި ޖަވާބުގައިވެއެވެ.


މިނިސްޓަރު ވިދާޅުވީ ޗައިނާއިން އެތެރެކުރާ ސިނގިރޭޓާއި ދުންފަތު ބާވަތްތަކުން ޑިއުޓީ ނަގާނީ އެހެން ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާ ރޭޓުން ކަމަށް ވެސް މިނިސްޓަރު  މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އަދި ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓުގެ ޑިއުޓީން ދައުލަތަށް ލިބޭނެ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓު އިމްޕޯޓުކުރާ މިންވަރެއްގެ މައްޗަށް ކަމަށް ސައީދު ވިދާޅުވިއެވެ.


ކޮމެންޓް

ކޮމެންޓު