އަޙްމަދު ހާޝިމް
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުނެރެފިއެވެ.
ރީނދޫ ސަމާލު ނެރުނީ ހެނދުނު6:30 އިން ފެށިގެން މިއަދު މެންދުރު11:30 އާއި ހަމައަށެވެ.
މެޓު އޮފީހުން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ވިލާތައް އަރަމުންދާކަމަށް މެޓު އޮފީހުން ބުންޏެވެ. މީގެ އިތުރުން ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުޞަތުވެސް އޮތްކަން މެޓް އޮފީހުން ފާހަގަކުރެއެވެ.
ކޮމެންޓް